ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަ މާދަރީބަސް
ހަގީގީ ރިކައުންޓުގެ ސުވާލު 1
އުމުރުން 63 އަހަރުގެ، ދ. ހުޅުދެލީ، އަބްދުﷲ ހަމީދަކީ ރަންރިހީގެ މަސައްކަތާއި އަތްތެރިކަމުގެ މަސައްކަތުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. މިނާއަކީ މިހާރު އެ ރަށުގައި މަސައްކަތްކުރާ ހަމައެކަނި މީހާއެވެ. މި މަސައްކަތުގައި އެތައް ބައިވަރު އެއްޗެއްސެއް ވަނީ އުފައްދާފައެވެ. ވީމާ، ހަމީދުގެ މި ހުނަރުވެރި މަސައްކަތުގެ މައްޗަށް ބިނާކޮށް ޙަޤީޤީ ރިކައުންޓެއް ލިޔާށެވެ. މި ލިޔުމުގައި އަންނަނިވި ކަންކަމަށް އަލިއަޅުވާލަންވާނެއެވެ.
ދާއިރާއަށް ވަދެވުނު ގޮތް
ދާއިރާގައި އުފައްދާފައިވާ އެއްޗިއްސާއި ކާމިޔާބީތައް
މި ދާއިރާގައި ދިމާވާ ގޮންޖެހުންތައް
ޖަވާބު 20 ފޮޅުވަތަށްވުރެ ކުރު ނުކުރާށެވެ! އަދި 25 ފޮޅުވަތަށްވުރެ ދިގު ނުކުރާށެވެ!
ހަގީގީ ރިކައުންޓުގެ ސުވާލު 2
ހަގީގީ ރިކައުންޓު ލިޔުން
އިންފިނިޓީ ޕްރޯ އެމްޖީއެސް ރާބަނދި ޖެލެންޖު 2025 ގެ ނިންމުމުގެ ރަސްމިއްޔާތު ވަނީ 2025 މެއި 11 ވަނަ ދުވަހުގެ ރޭ، ރ. މީދޫ ފުޓުސަލް ދަނޑުގައި ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތާއި ގުޅޭ ގޮތުން އިވެންޓު ރިކައުންޓެއް ލިޔާށެވެ!
ޖަވާބު 20 ފޮޅުވަތަށްވުރެ ކުރު ނުކުރާށެވެ! އަދި 25 ފޮޅުވަތަށްވުރެ ދިގު ނުކުރާށެވެ!