ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަ މާދަރީބަސް
ބަހެއްގައި ޒަމާން އަދާކުރާ ދައުރަކީ، ކަމެއް ހިނގުމުގެ ވަގުތު އަންގައި ދިނުމެވެ. ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (2004) ހާމަކުރައްވާ ގޮތުގައި "ޒަމާނަކީ، ކަމެއް ހިނގި، ހިނގާ، ނުވަތަ ހިނގާނޭ ވަގުތު އަންގައިދިނުމުގެ ގޮތުން ކަމަށް ގެނެވޭ ބަދަލަށް ކިޔާނަމެކެވެ" (ޞަފުޙާ 24).
ދިވެހިބަހުގެ ޤަވާޢިދުފޮތް 1،2،3،4ގައި ޒަމާނާ ގުޅޭ ގޮތުން ކަން ބަހައިފައިވަނީ ހަ ބަޔަކަށެވެ. އެއީ، ވާކަން، ވޭވޭހުރިކަން، ވާނޭކަން، ނިމުނުކަން، ނިމިނިމުނުކަން، ނަމަވުން، މި ހަ ބަޔެވެ.
(އިހަށްވެސް މިހާރުވެސް) އަބަދުވެސް ވާކަަންކަމެވެ.
މި ޒަމާން ބޭނުން ކުރެވެނީ، ޙަޤީޤަތް، އާދަ، ޢާއްމުކޮށް ކޮށްއުޅޭ ކަންކަމުގެ ވާހަކަ ދެއްކުމަށެވެ.
މިސާލު:
ޙަޤީޤަތް:
އޭނާ އަކީ ލިޔުންތެރިއެވެ. އޭނާ ފޮތް ލިޔެ އެވެ.
އިރުމަތީ ފަރާތުން އިރު އަރަ އެވެ.
މާތް ﷲ އަހަރުމެންދެކެ (އިންސާނުންދެކެ) ލޯބިވެވޮޑިގެންވެ އެވެ.
އާދަ:
އޭނާ އަބަދުވެސް ހެނދުނު ލިޔެ އެވެ.
އަހަރެން ކޮންމެ ރެޔަކު ފަތިސް ނަމާދު ކުރަ މެެވެ.
އަހަރުމެން ކޮންމެދުވަހުވެސް ދަތް އުނގުޅަމެވެ.
އެސޮރު 5 ޖަހަންވާއިރު ނިދާ ތެދުވޭ.
ޢާއްމުކޮށް ކޮށްއުޅޭ ކަންކަން:
އޭނާ އަހަރަކު ދެ ފޮތް ލިޔެ އެވެ.
އަހަރެން ކޮންމެ ދުވަހަކު ސައިކަލުގައި އޮފީހަށް ދަން.(ދަމެވެ.)
އަހަރެން ކޮންމެ ދުވަހަކު އޮފީހަށް ދަން
ބަސްބުނުމުގެ ފަހުން ހިނގާނެ، ނުވަތަ ހިނގާފާނޭ ކަންކަމެވެ.
• (އަހަރެން – ކަމެއް ކުރާނަން..، އޭނާ ކަމެއް ކުރޭނެ)
މި ޒަމާން ބޭނުން ކުރެވެނީ ވާހަކަ ދައްކަމުން ދާހިނދު ނިންމާ ނިންމުމެއް ގެނައުމަށް (ޢާއްމުކޮށް ބޭނުންކުރަނީ ޑައިލޮގާއި، ކުރުކޮށް ލިޔާއިރު)
• ދާވޫދު ކުރިން ގުޅިއެވެ. އޭނާއަށް ކަލޭ ގުޅުމަށް އޭނާ އެދެއެވެ.
• އޯކޭ. ވީ އެންމެ އަވަހަކަށް އަހަރެން އޭނާއަށް ގުޅާނަން.
މުސްތަޤުބަލުގައި ކަމެއް ވާނޭކަމުގެ/ހިނގާނޭ ކަމުގު ފުރުޞަތު އޮންނަ ހިނދު (ކަމެއްގެ ފުރުޞަތު ނުވަތަ ޕޮސިބިލިޓީ އޮތްކަން ދޭހަވާފަދަ ޢިބާރާތަކާއިއެކު)
• ފަހަރުގައި މިއަދު މެންދުރުފަހުން އަހަރެން އޭނާއަށް ގުޅިދާނެ (ގުޅާނަން)
• އަހަންނަށް މަޢުލޫމާތު ލިބުމުން އެ މަޢުލޫމާތު ތިބާއަށް ފޮނުވާނަމެވެ.
މާދަމާ ރައްޔިތުންގެ މަޖިލީސް ބައްދަލުވާނެ އެވެ. (މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ އެވެ.
ބަސްބުނާ ވަޤުތު ނުވަތަ ވާހަކަދެކެވޭ ވަޤުތު ހިނގަހިނގާ ހުންނަ ކަންކަމެވެ.
މިސާލު:
އޭނާ މިވަގުތު ފޮތެއް ލިޔަނީ އެވެ.
ހަސަނު ޕިއްޒާ ކަނީ އެވެ.
އެ ކުދިންތައް ހޭންޑްބޯލް ކުޅެނީ އެވެ.
މި ޒަމާން ބޭނުން ކުރެވެނީ ކުރިން ފެށިފައިވާ ކަމެއް މިހާރުވެސް ހިނގަމުން އެބަދާ ވާހަކަ ބަޔާން ކުރުމަށެވެ.
މިސާލު:
އޭނާ ފޮތް ލިޔަމުން އަންނަތާ ގާތްގަނޑަކަށް 25 އަހަރުވަރު ވެއްޖެ އެވެ.
އަހަރެން އޮފީހަށް ދާތާ 10 އަހަރު ވެއްޖެއެވެ.
1985 ން ފެށިގެން އިސްމާޢީލް އަންނަނީ ކިޔަވައިދެމުން ނެވެ.
ބަސްބުނުމުގެ ކުރިން (ކައިރި ޒަމާނެއްގައި) ވެނިމިފައިވާ ކަންކަމެވެ.
މި ޒަމާން ބޭނުންކުރެވެނީ ދާދި ދެންމެއަރު ކޮށް ނިމުނުކަމެއްގެ ވާހަކަ ބުނުމަށެވެ. ނުވަތަ މިހާތަނަށް ކޮށް ނިންމި ކަމަށް ބުނުމަށެވެ.
މިސާލު:
އޭނާ މިހާތަނަށް 40 ފޮތް ލިޔެފި އެވެ.
ދެންމެއަކު ޢަލީ މަސައްކަތް ނިންމައިފި އެވެ.
އެމީހުން މިހާތަނަށް 100 ގޯނި ވެލި ނަގައިފި އެވެ.
ވޭތުވެދިޔަ ދުރު ޒަމާނެއްގައި ވެނިމިފައިވާ ކަންކަމެވެ.
މިސާލު:
އޭނާ އެފޮތް ލިޔެފައިވަނީ މީގެ އަހަރުތަކެއް ކުރީންނެވެ.
މިދިޔަ އަހަރު އަހަރެން ފަރަންސޭސިވިލާތަށް ދިޔައިމެވެ.
ކަމެއް ހިނގީތީ ހިނގިކަމެވެ. ހިނގައިފިނަމަ ހިނގާނެކަމެވެ.