ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަ މާދަރީބަސް
ރިކައުންޓަކީ ހިނގާފައިވާކަމެއް ތަރުތީބުން ބަޔާންކުރުމެވެ.
ރިކައުންޓްގެ އޮނިގަނޑު
އޮނިގަނޑުގައި ހިިމެނެނީ މައިގަނޑު 3 ބައި
ރިކައުންޓް ޢާއްމު ގޮތެއްގައި ފެށޭނީ ތަޢާރަފަކުން
އެގޮތުން: ކާކު؟ ކޮންތާކު؟ ، ކިހިނެއް؟، ކީއްވެ؟، ކޮންއިރަކު؟
މިފަދަ ސުވާލުގެ ޖަވާބު މި ބައިގައި ހިމެނުން ވަރަށް މުހިންމު.
ކަންކަން ހިގި ތަރުތީބުން ބަޔާންކުރން
މިބައިގައި ކިޔާ މީހުން ޝައުޤުވެރި ވާ ފަދަ ގޮތަކަށް ޙާދިސާތައް ހުށަހެޅުމާ އެކު އަމިއްލަ ޚިޔާލުވެސް ހުށަހެޅިދާނެ!
ކޮންމެ ޚިޔާލެއް ވަކި ޕެރަގުރާފެއްގައި ލިޔުން
ކިޔައިދިން ޙާދިސާއާއި ގުޅިގެން ތިމާ ދޭން ބޭނުންވާ މެސެޖެއް ދިނުން
މި ބައިގައި ލިޔުުނު ޙާދިސާތަކުގެ މައްޗަށް ބިނާކޮށް ވަރަށް ގިނަފަހަރު ތިމާގެ ޚިޔާލުވެސް ބަޔާންކޮށްފައި ހުންނާނެ.
މިސާލަކަށް: "މިއީ އަހަރެން ވަރަށް ގަޔާވި ދަތުރެކެވެ." މިފަދަ ޚިޔާލު ދެވިދާނެއެވެ.
ސުރުޚީއެއް އޮންނާނެ
މިސާލަކަށް: އެދުވަސް ..... ، ކަކުނީގެ އިހުސާސް.... ، އަހަރެންގެ ހަޔާތުން ދުވަހެއް....
ވަކި ޚާއްޞަ ބައިވެރިން ހިމެނޭނެ.
މިސާލަކަށް: ޢަލީ. އަހަރެން، އަހަރެންގެ ޢާއިލާ، ކަކުނި، ބައްޕަގެ ދޮންބުލާ.
މައިގަނޑު ގޮތެއްގައި ޖުމުލަތައް ނިންމާފައި ހުންނަން ވާނީ ނިމުނުކަމަށް
އަމަލީ ގޮތުން ކުރާ ހަރަކާތް ސިފަވާ ގޮތަށް ބުނެދިނުން.
ޙަޤީޤީ ރިކައުންޓު ފިޔަވައި އެހެން ރިކައުންޓް ތަކުގައި އަމިއްލަ ޚިޔާލު ހުށަހެޅޭނެ.
ޒާތީ ރިކައުންޓު ލިޔާނީ ފުރަތަމަ މީހާގެ ނަޒަރުން. (އަހަރެން/އަހަރެމެން ފަދަ ގޮތަކަށް . . . )
ޖުމުލަ ގުޅުވުމަށް، ވަގުތައް ނިސްބަތްވާ ގުޅުވާ އަކުރު ގިނަ ޢަދަދަތަކަށް ބޭނުން ކުރުން.
މިސާލަކަށް: އެއަށްފަހު، ހަމަ އެވަގުތު، ޖެހިގެން އައި ދުވަހުގެ ހަވީރު.