ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަ މާދަރީބަސް
ލިޔުން ލިޔުމުގައި ކަޑަށްތުކުރާ 5 މަރުހަލާއެއް ވެއެވެ. އެއީ ލިޔުމުގެ ކުރިއާއި ޑްރާފްޓް ލިޔުމާއި، ރިވައިސް ކުރުމާއި، އެޑިޓްކުރުމެވެ. އަދި އެއަށްފަހު ޕްބްލިޝް ކުރުމެވެ.
• މިއީ ލިޔުންތެރިކަމުގެ މަސައްކަތް ފަށައިގަންނަ ހިސާބު.
• މި މަރުހަލާގައި ލިޔުންތެރިއާ އަންނަނިވި ސުވާލުތަކަށް ޖަވާބު ހޯދުމަށް މަސައްކަތް ކުރެއެވެ.
Ü އަހަރެންގެ ސުރުޚީއަކީ ކޮބާ؟
Ü އަހަރެން މި ލިޔުން ލިޔުމުގެ ބޭނުނަމަކީ ކޮބާ؟ (އޮޅުންފިލުވައިދިނުން، މަޢުލޫމާތު ދިނުން، މުނިފޫހި ފިލުވުން)
Ü އަހަރެންގެ ލިޔުން ކިޔާނީ ކޮންބައެއް؟ (ކުލާސް ކުދިން، އާއިލާ މެންބަރުން)....
Ü އަހަރެންގެ ލިޔުން ލިޔާނީ ކޮން ސްޓައިލްއަކަށް؟ (ވާހަކައެއް، ސިޓީއެއް، ޅެމެއް)
• މީގެ އިތުރުން ވެސް މި މަރުހަލާގައި ބްރެއިން ސްޓޯމްކޮށްގެންނާއި ތަފާތު ގޮތްގޮތުން ލިޔުންތެރިޔާގެ ޚިޔާލުތައް އުފައްދައި ޖަމާކުރުން
• ޖަމާކުރި ޚިޔާލުތައް ލިސްޓެއްގެ ސިފައިގައި ނުވަތަ ކުރެހުމެއްގެ ސިފައިގައި ބަޔާންކުރުން
• މި މަރުހަލާގައި ފުރަތަމަ މަރުހަލާގައި އެއްކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށްގެން ފުރަތަމަ ދެލިކޮޕީ (ރަފްޑްރާފްޓެއް) ލިޔަނީއެވެ.
• މިބައިގައި ލިޔާއިރު ލިޔުމުގެ ކުށްތަކަށް މާ ބޮޑަކަށް ބަލާކަށް ނުޖެހޭނެއެވެ.
• މި މަރުހަލާގައި ކުރިން ލިޔުނު ލިޔުން އިހުނަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރަނީއެވެ.
• މިގޮތުން ޚިޔާލުތައް އިތުރުކޮށް ބައެއް ޚިޔާލުތައް ދޫކޮށްލައި އަނެއްބައި ޚިޔާލުތައް ގެނެސްފައިވާ ތަން ބަދަލުކޮށް ހަދަނީއެވެ.
• މި މަރުހަލާގައި ލިޔުމުގެ ކުށް، ގަވައިދުގެކުށް ރަނގަޅުކުރުމަށް ނުވިސްނާނެއެވެ.
• ރިވައިޒްކުރާއިރު:
Ü އަމިއްލައަށް ކިޔުން.
Ü އިތުބާރުކުރެވޭ މީހަކަށް ނުވަތަ ކުއްޖަކަށް ކިޔަން ދިނުން.
Ü ގްރޫޕަށް ހުށައެޅުން
• މިނޫން ވެސް މިފަދަ ގޮތްތައް އިހުތިޔާރު ކުރެވިދާނެ.
• މި ގޮތަށް ލިބޭ ޚިޔާލުތަކުގެ އަލީގައި ލިޔުމަށް ބަދަލުގެންނާނީ
• މިއީ ހުރިހާ ކުށްތަކެއް އިސްލާހުކުރާ މަރުހަލާ.
• އެޑިޓް ކުރާއިރު:
Ü ޖުމްލަތައް ފުރިހަމަތޯ ބެލުން.
Ü ގަވައިދުގެ މައްސަލައެއް ހުރިތޯ ބެލުން.
Ü ބަހެއް / އަކުރެއް ދޫކޮށްލެވިފައި ވޭތޯ ބެލުން.
• އެޑިޓްކުރާއިރު ތިމާ އަމިއްލައަށް ނުވަތަ އެހެން މީހަކު ލައްވައި ވެސް ބެލިދާނެ
• މިއީ ލިޔުންތެރިޔާ އޭނާގެ ލިޔުމުގެ އެންމެ ފަހު ކޮޕީ އެހެން މީހަކަށް ހުށައަޅާ މަރުހަލާ.
• ހުށައަލާ ލިޔުން އެކި ސިފަ ސިފާގައި ހުށައެޅިދާނެ. މިސާލަކަށް:
Ü މުޅި ކުލާހަށް ކިޔައިދިނުން.
Ü ލުއި ފޮތެއްގެ ސިފައިގައި ހުށައެޅުން.
Ü ޓޭޕަށް ރެކޯޑުކުރުން.
Ü މަޖައްލާގައި ޝާއިޢުކުރުނ