ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަ މާދަރީބަސް
ދިވެހި ރުފިޔާގެ އައު ނޫޓުގެ މަޢުލޫމާތު
ތާރީޚް: 04-08-2015, 16:54
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު 5000 ރުފިޔާގެ ހަނދާނީ ނޫޓް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއަށް ހަދިޔާ ކުރައްވައިފިއެވެ.
މިނިވަން 50 ގެ ހަނދާނީ ނޫޓް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމަށް ހަދިޔާކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު ޑޮކްޓަރ ޢާޒިމާ އާދަމެވެ. ބަންޑާރަކޮށީގައި އިއްޔެ ކުރިއަށްދިޔަ މިރަސްމިއްޔާތުގައި އެމްއެމްއޭގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި ބައިވެރިވެލެއްވި އެމްއެމްއޭގެ ބޭފުޅުންނަށް ޗީފް އޮފް ޑިފެންސް ފޯސް މެމެންޓޯއެއް ހަދިޔާ ކުރެއްވިއެވެ.
މިނިވަންކަމަަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްއެމްއޭއިން ނެރުނު 5000 ރުފިޔާގެ ހަނދާނީ ނޫޓް ނެރެފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ.
ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި 5000 ރުފިޔާގެ ނޫޓެއް ނެރެފިއެވެ.
މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި 5000 ރުފިޔާގެ އެ ނޫޓު ނެރުއްވައިދެއްވީ ދިވެހިރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނިޝާނުލް އިއްޒަތުގެ ވެރިޔާ އޮނަރަބަލް އަބްދުއް ސައްތާރު މޫސާ ދީދީއެވެ.
މީގެ ކުރިން މިނިވަން ދުވަހާއި ގުޅިގެން ފައިސާ ފޮތި ނެރެފައިވީނަމަވެސް ކަރުދާހުގައި ނޫޓެއް ނެރުނު މިއީ ފުރަތަމަ ފަހަރެވެ.
މިނޫޓަކީީ ވިޔަފާރި ކުރުމަށް ބޭނުންކުރެވޭ ނޫޓެއް ނޫނެވެ. ބޭނުންކުރެވޭނީ ހަމައެކަނި ރަމްޒީ އެއްޗެއްގެ ގޮތުގައި ގޭތެރޭގައި ބެހެއްޓުން ފަދަ ކަންކަމަށެވެ.
މި ނޫޓް ތައްޔާރުކޮށްފައިވަނީ “ޕޮލިމާ” ކަރުދާހަށް ޕުރިންޓުކޮށްގެނެވެ. މިއީ ރާއްޖޭގައި “ޕޮލިމާ” ކަރުދާހަށް ފައިސާ ޕްރިންޓްކުރި ފުރަތަމަ ފަހަރެވެ. 5000 ރުފިޔާގެ ނޫޓް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވުނު ނަމަވެސް މި ނޫޓް ބޮޑަށް ބޭނުން ކުރެވޭނީ މިނިވަން 50 ގެ ހަދާނަކަށެވެ.
މަރުކަޒީ ބެންކް އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި އަންނަ ބުދަދުވަހުން ފެށިގެން މި ނޫޓް 7500 ރުފިޔާއަށް އެމްއެމްއޭއިން ވިއްކާނެ އެވެ.
މި ފައިސާގެ ނޫޓް ފަރުމާކޮށްފައިވަނީ އަބުދުﷲ ނަޝާގެވެ. މި ފައިސާގެ ނޫޓެއް ވަނީ ރައީސް ޔަމީނަށް ހަދިޔާކުރައްވާފައެވެ.