ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަ މާދަރީބަސް
ރައިވަރު އަކީ ދިވެހިޅެމުގެ ބާވަތްތަކުގެ ތެރއިން 3 ވަނަ ބާވަތެވެ. މިހެދިފައި ހުންނަނީ، ތިންބަހުންނާއި ހަބަހުންނެވެ. މީގެކުރީން މިއަށްވުރެ ގިނަބަހުންވެސް ރައިވަރު ހަދައި އުޅެއެވެ. ރައިވަރު ބަޔަކީ ރައިވަރުގެ ހަމަޔާ ގާތްގޮތަކަށް ބަސްތަކަކުން އެކުލަވާ ލައިފައިހުންނަ ޅެން ބަހުރުވައެކެވެ. މިސާލު: ބުރުނީރައިވަރުބައި. މާކެޔޮޅުކަމު ރައިވަރު މިއެވެ.
ރައިވަރަކީ ކޮންއެއްޗެއް ބަޔާންކުރުމުގެ ގޮތުން ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީން ލިޔުއްވާފައި ވެއެވެ. "ރައިވަރަކީ އިހުޒަމާނުއްސުރެ ދިވެހިންގެ މީހުން އެމީހުންގެ ހިތަށް އަންނަ ޚިޔާލުތަކާއި، އެގޮތް ގޮތުން ފާޅުކުރަންޖެހޭ މަގްޞަދު ތަކާއި، ހިތުގެ ޝުޢޫރުތައް، ކޮންމެވެސް ރާގެއްގައި ހަރުއަޑުން ކިޔައި ފާޅުކުރުމަށް ގެންގުޅެމުން އައި، ވަކި ޚާއްޞަ ވަޒަނެއްގެ ޅެންބަހުރުވައަކަށް ކިޔާނަމެކެވެ."
ރައިވަރަކީ ދިވެހި ޅެމުގެ ވަރަށް މުހިއްމު ބާވަތެކެވެ. ދިވެހި ޅެން ކުރިއަރަމުން އައިގޮތަށް ވިސްނާއިރު އެއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ބަނދި އަދި ކާ ހުރަސްކޮށް ރައިވަރު އާއި ހަމައަށް އައިއިރު ދިވެހި ޅެން އޮތީ ވަރަށް ބޮޑަށް ކުރިއަރައިފައެވެ. އިހުގެ މީހުން ވާހަކަ ދައްކައި އުޅޭހާ ފަސޭހައިން ރައިވަރު ހަދައި ކިޔައި އުޅުނުކަން ލިޔުންތަކުން ފެންނަށް އެބަހުއްޓެވެ.
ނަޞޭޙަތާއި ވައުޒު
ދީނީ ކަންތައްތައް ފިލުވައިދިނުން
ވާހަކަ ކިޔައި ދިނުން
އާދޭސްކުރުން
ތާރީފުކުރުމާއި މަލާމާތްކުރުން
ސިޔާސަތާއި ތާރީޚް
ބެރެކި