ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަ މާދަރީބަސް
މުވާސަލާތުކުރުމަށް ބަސް މުހިއްމު ދައުރެއް އަދާކުރެއެވެ. ބަހެއް ބޭނުންކުރަމަކީ ފަސޭހަކަމެއް ކަމުގައި ދެކިގެން ނުވާނެއެވެ. އެއީ ބަހެއް ބޭނުންކުރަމުން ދާއިރު ތަބައަވާންޖެހޭ ވަކި އުސޫލުތަކެއް އޭގައި ހިމެނޭތީއެވެ. މި އުސޫލުތަކާ ހަމަތަކަށް ކިޔަނީ ބަހުގެ ޤަވާއިދެވެ. ޙަޤީގަތުގައި ޤަވާއިދު ބޭނުންކުރެވެނީ ބަހުގެ އޮނިގަ ނޑު ފަރުމާކުރުމުގެ ގޮތުންނެވެ. ވާހަކަދެއްކުމާއި ލިޔުމުގައި ބަސް ބޭނުންކުރުމަށް މިއީ ވަރަށް މުހިއްމު ބައެކެވެ.
ބަހުގެ ޤަވާއިދަކީ ވަކި މާނައެއް ދޭހަވާގޮތަށް ބަހުގެ ހަމަތަކާ އުސޫލުތަކާ އެއްގޮތަށް ބަސް ބޭނުންކުރަމުން ދިއުމެވެ. ބަހުގެ ޤަވާއިދު ދަސްނުކޮށް ބަހެއް އެންމެ ފުރިހަމައަށް އެނގުމަކީ ވާނެކަމެއް ނޫނެވެ. އެއީ ބަސް ބޭނުންކޮށްގެން ފާޅުކުރަން ބޭނުންވާ ޚިޔާލާއި ޝުޢޫރު އެންމެ ފުރިހަމައަށް، ސާފުކޮށް ހާމަކޮށްދެވޭނީ ބަހުގެ ޤަވާއިދު އެނގުމުން ކަމަށްވާތީއެވެ. ޤަވާއިދެއް ނެތް ބަހަކީ އެއްވެސް އުސޫލެއްނެތް މުވާސަލާތުކުރަން ދަތި ބަހެކެވެ. އެހެންވީމާ، އަނެކާއަށް ފުރިހަމައަށް ދޭހަވާގޮތަށް މުވާސަލާތުކުރަން ބޭނުންނަމަ، ބަހުގެ އަހުލުވެރިންނަށް، ބަހުގެ ޤަވާއިދު އެނގެންޖެހޭނެއެވ